އިޓަލީގެ ސިސިލީގެ އައްސޭރިފަށާ ކައިރިން މިދިޔަ އަހަރު އަޑިޔަށް ދިޔަ ޔޮޓް ފުންކޮށްފިއެވެ. މި ސުޕަޔޮޓް އިއްޔެ ފުންކޮށްފައިވަނީ ކެރޭނުގައި ޖަހައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
22 މީހުން ތިބި އެޔޮޓު އަޑިޔަށް ދިޔަ ހާދިސާގައި ހަތް މީހަކު މަރުވެފައިވާއިރު އެ ހާދިސާގެ ތަހުގީގުގެ ބޭނުމަށް ސުޕަ ޔޮޓު ނަގާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިޓަލީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ބައޭސިއަން ނަމަކަށް ކިޔާ އެ ޔޮޓު ފުންކޮށްފައިވަނީ ތަހުގީގުގެ ބޭނުމަށެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކެރޭނު ޖަހައި އެޔޮޓު އުފުލައިފައި ބަހައްޓާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޮފިޝަލުން ވަނީ ތަހުގީގުގެ ބޭނުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށްފަހު ޔޮޓު އެއްގަމަށް ނެގުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ޔޮޓަކީ ސޮފްޓްވެއާ އުފައްދާ މަޝްހޫރު އޮޓޯނޮމީގެ ވެރިޔާ މައިކް ލީންޗްގެ ޔޮޓެކެވެ. ލީންޗްގެ އިތުރުން އޭނާގެ އަންހެން ދަރި ވަނީ އެހާދިސާގައި މަރުވެފައެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް