ބްރެޒިލްގައި ހޮޓް އެއާބެލޫނެއް ވެއްޓި 8 މީހަކު މަރުވެއްޖެއެވެ.

ބްރެޒިލްގެ ޕްރައިޔާ ގްރާންޑޭ ސިޓީގައި އިއްޔެ ހިނގި އެ ހާދިސާގައި 21 މީހުން ދަތުރުކުރި ހޮޓް އެއާ ބެލޫން ވެއްޓުނު ހާދިސާގައި 8 މީހަކު މަރުވެފައިވާއިރު 13 މީހަކު ސަލާމަތް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޕްރައިޔާ ގްރާންޑޭ ސިޓީގެ ސަންޓަ ކަޓްރީނާ ސްޓޭޓުގެ ގަވަރުނަރާ ހަވާލާދީ ނޫސްތަކުން ވަނީ އެ ހާދިސާގައި ބެލޫން ވެއްޓިފައިވަނީ ސިއްހީ މަރުކަޒެއް ހިމެނޭ ސަރަހައްދަކަށް ކަމަށާއި ސަލާމަތްވީ މީހުންގެ ތެރެއިން އަނިޔާ ވީ މީހުންނަށް އެތަނުގައި ފަރުވާ ދީފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ހާދިސާގައި ސަލާމަތް ވި އެ ބެލޫންގެ ޕައިލެޓުވަނީ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ބެލޫންގެ ބާސްކެޓުގައި އަލިފާން ހިފައިގެން ކަމަށާއި އިމަޖެންސީގައި އަމަލުކުރަން އޮންނަ ގޮތަށް ވަގުތުން ބެލޫން ތިރި ކުރި ކަމަށާއި ބިމާ ކައިރިވުމުން މީހުން ފުންމާލަން ބުނި ކަމަށެވެ.

ޕައިލެޓު ވަނީ އެއިން ދަތުރުކުރި ބައެއް މީހުންނަށް ފުންމަން ފުރުސަތު ލިބުނު ކަމަށާއި އަލިފާންގަނޑު އަވަހަށް ފެތުރިގެން ދިޔަ ކަމަށް ބުނެފައެވެ. އަދި ބައެއް މީހުން ބެލޫނުން ފުންމާލުމުން ބެލޫން ލުއިވެ އަނެއްކާވެސް މައްޗަށް އަރައިގެން ދިޔަ ކަމަށް ޕައިލެޓު ބުނެފައިވެއެވެ.

ޕައިލެޓުވަނީ އަލިފާނުގެ ސަބަބުން ބެލޫންގެ ބެލެންސް ކަޓައި ބެލޫން ބާރު ސްޕީޑެއްގައި ބިންމައްޗަށް ވެއްޓުފައިވާކަމަށް ބުނެފައެވެ.