ދެހާސް ބާވީސް ވަނަ އަހަރާއި 2023 ވަނަ އަހަރު ގަދަ 10 އެއްގައި 1،800 ދަރިވަރުން ހިމެނުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ބުނީ އެ 1،800 ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މާދަމާ އަދި އޭގެ އަނެއް ދުވަހު ސޯޝަލް ސެންޓަރުގައި ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާނެ ކަމަށެވެ.

އެ ޖަލްސާގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ އިނާމާއި އޭލެވެލް އިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ ސޮކޮލާޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދި ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލާޝިޕް ވެސް ހަވާލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މާދަމާ އާއި އޭގެ އަނެއް ދުވަހު ބާއްވާނެކަން މިނިސްޓްރީން ހާމަކުރިޔަސް އެ ދެ އަހަރުގެ ގަދަ 10 ހިމެނުނު އެ ދަރިވަރުންނަށް އިނާމު ނުދެވި ލަސްވި ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.