އެމެރިކާ އިން އީރާނަށް ހަމަލާދިނުމާމެދު ދެ ހަފުތާތެރޭ ގޮތެއް ނިންމާނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އެމެރިކާގެ ވައިޓްހައުސްގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރެސް ސެކްރެޓަރީ ކެރޮލިން ލެއަވިޓް ވިދާޅުވީ އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރުންނާއެކު ބޭއްވި މަޝްވަރާއަށްފަހު އީރާނާއި އިޒްރޭލާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާ އިން ބައިވެރިވުމާމެދު ދެ ހަފުތާ ތެރޭ ގޮތެއް ނިންމަން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އީރާނުން މި ހާލަތުގައި މަޝްވަރާއަށް ގޮސްދާނެ ކަމަށް ބެލެވޭ ކަމަށާއި އަދި މަޝްވަރާއަށް ނުދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ފާހަގަކޮށްފައިވާ ކަމަށްވެސް ކެރޮލިން ވިދާޅުވިއެވެ.
އޭނާ އެހެން ވިދާޅުވި އިރު، ޓްރަމްޕް ވަނީ އީރާނުން ހަމަލާތައް ހުއްޓާލައި އެއްވެސް ޝަރުތަކާއި ނުލައި އަމާން ދޭން ގޮވާލައިފަ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އީރާނަށް ހަމަލާ ދޭން ތައްޔާރުވުމަށް އެމެރިކާގެ ހަތިޔާރު އުފުލާ މަނަވަރުތަކާއި ހަނގުރާމަމަތީ ޖެޓުތައް މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ ބޭސްތަކަށް ދަނީ އެއްކުރަމުންނެވެ.
މުހައްމަދު އައުޒަމް
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ