ރާއްޖޭގައި ބާއްވާ ތައުލީމީ ދާއިރާއަށް އެންމެ ހާއްސަ، އެންމެ ބޮޑު އެކްސްޕޯ "އެޑިއުކޭޝަން އެކްސްޕޯ 2025" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މި އެކްސްޕޯ އޮންނާނީ މި މަހު 20 އިން 21 އަށް ބާސެލޯ ނަސަންދުރާގައެވެ.

ކިއު ސްޓަޑީ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ތައުލީމީ ގޮތުން ހުރި ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ފަހި ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ. އެ ގޮތުން، މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވާސިޓީތަކާއި ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވާނެއެވެ.

މި އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ވަނީ ހިމަނައިފައެވެ. މި ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން، މި ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި، އެފްސީ25 ޒޯނެއް، މައިންކްރާފްޓް، އެސްޓްރޯ ބޮޓް، އަދިބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއް، ސްޓްރީޓް ފައިޓާ 6، މޯޓަލް ކޮމްބަޓް1 އަދި ނަރޫޓޯ އެކްސްއާ އެކު ފައިޓިން ގޭމް ޒޯނެއް، ޕަވްލޯވް ޝެކް އަދި ބީޓްސޭބާއާ އެކު ވީއާރު ޒޯނެއް އަދި ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ވަނީ ހިމަނައިފައެވެ.

މި ޒޯނަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުން ދެމުންނެވެ.