އަމާޒަކީ އެސްޓީއޯ މެދުވެރިކޮށް މިއަހަރު ނިމެންވާއިރަށް މަދުވެގެން 600 ބޭހެއް ގެނައުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދުތައް އިތުރުކުރަމުންދާ ކަމަށާއި މިހާރު އެސްޓީއޯ އިން ރަޖިސްޓާކޮށްގެން ރާއްޖެއަށް ގެންނަނީ 200 އެއްހާ ބޭހެއް ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ޓާގެޓު ހިފައިގެން މިއުޅެނީ މިއަހަރު ނިމެންވާރިއަށް މަދުވެގެން 600 އައިޓަމް އެސްޓީއޯ އިން ރަޖިސްޓަރީކުރެވިގެން ގެނެވޭ ބޭހުގެ ގޮތުގައި ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހުރި ހުރިހާ ބޭހެއްގެ ތެރެއިން ޖެނެރިކްގެ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯ މެދުވެރިކޮށް ލިބެން ހުންނާނެކަން ކަށަވަރުކުރާނެ ކަމަށާއި އެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ކާމިޔާބީ މިހާރު ލިބެމުންދާ ކަމަށެވެ.
ވޭތުވެދިޔަ ތަނުގައި އެސްޓީއޯ އިން ރާއްޖެއަށް އެތެރެނުކުރާހާ ގިނަ އަދަދުތަކުގެ އައިޓަމްތަކުގެ ބޭސް މިހާރު ވަނީ އެތެރެކުރަން ފެށިފައި. އަދި މި ޕްރޮސެސް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށްވާނީ މިހާރުވެސް ކޮންމެވެސް ވަރަކަށް ނަމަވެސް ރައްޔިތުންނަށް ހުރި ކަންބޮޑުވުމަށް އެއްކޮށްހެން ލުއި ލިބިގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސްކުރިން ރައްޔިތުންގެ ތެރޭގައި ބޭހުގެ މައްސަލައިގެ ޝަކުވާތައް ބޮޑުވި ކަމަށާއި ނަމަވެސް މިހާރު އެ ޝަކުވާތައް މަދުވެ، ވަރަށް ރަނގަޅަށް ހައްލު ލިބެމުންދާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ތިހެން ދޮގު ހެދުމުގައި ތިއްބަވަނީ. ރާއްޖޭން ނުލިބޭ ބޭހެއް އެސް.ޓީ.އޯ އަށް ގެންނަންދީގެން އުޅޭތާ 7 މަސް.. އަދި ނުގެނެވޭ. ކުރިން އެންމެ ލަސްވެގެން އެބޭސް 3 މަހުން ހަމަ އެސް.ޓީ.އޯ އިން ގެނެސްދިން. މިސަރުކާރު އައި ފަހުން އަދި ވެސް މިއުޅެނީ ނުލިބިގެން.
ދޮގު ހެދުން ހުއްޓާލުމަށް - 1 އަހަރު ކުރިން