ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ގދ. ތިނަދޫ/ މަލަ، ޒަމްއަތު އަހުމަދު ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އާމިނަތު އަމީނާގެ ދައުރު މި މަހު 14 އަށް ހަމަވުމުންނެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 16 ޖޫން 2025ގައެވެ.
ޒަމްއަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް ހާސިލުކުރައްވައިފައެވެ. ޒަމްއަތު މީޑިއާ އާއި މީޑިއާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ދަނީ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.
މުހައްމަދު ސިމާއު
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން