ސައުދީ އަރަބިއާގެ ޕްރިންސް އަލް-ވަލީދު ބިން ޚާލިދު ބިން ޠަލާލް، ނުވަތަ "ނިދާފައިވާ ޕްރިންސް" ހޭލައިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއަކީ ދޮގު ވީޑިއޯއެއްކަން ސާބިތުވެއްޖެއެވެ.
ޕްރިންސް އަލް-ވަލީދު ވަނީ 2005 އިން ފެށިގެން ކޯމާގައެވެ. އޭނާގެ 36 ވަނަ އުފަންދުވަސް ފާހަގަކުރެވުނީ އޭޕްރީލް 18 ގައެވެ.
ސައުދީ ހަބަރުތައް ބުނާ ގޮތުގައި ވައިރަލްވި ވީޑިއޯގައި ފެންނަނީ ސައުދީ ވިޔަފާރިވެރިޔާ ޔަޒީދު މުހައްމަދު އަލް-ރާޖިހީ އެވެ. ޔަޒީދު މުހައްމަދު އަލް-ރާޖިހީ އަށް ވަނީ ބާޖާ ޖޯޑަން ރޭސްގައި ހާދިސާއަކާ ކުރިމަތިވެފައެވެ. އެ އެކްސިޑެންޓްގައި އޭނާގެ މައިބަދައަށް އަނިޔާ ލިބިފައިވެއެވެ.
ވީޑިއޯގައި ފެންނަނީ އޭނާ ހޮސްޕިޓަލުން ރަނގަޅުވެގެން ނުކުތް މަންޒަރެވެ. މި ވީޑިއޯ ޕްރިންސް އަލް-ވަލީދުގެ ފޮޓޯއަކާއެކު ޝެއާކުރުމުން ގިނަ ބަޔަކަށް ވަނީ އޮޅުން އަރައިފައެވެ.
ޕްރިންސް އަލް-ވަލީދު އަކީ ސައުދީ ރަސްގެފާނު އަބްދުލްއަޒީޒުގެ ދަރިދަރިކަލެކެވެ. ޑޮކްޓަރުން އޭނާގެ ލައިފް ސަޕޯޓް ހުއްޓާލުމަށް ލަފާދިން ނަމަވެސް، އޭނާގެ ބައްޕަ އެކަމަށް އިންކާރުކުރެއްވިއެވެ. ޕްރިންސް އަލް-ވަލީދު ހޭލައިފި ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަކަށް ނެތެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު