ޓެކްސީ ލައިންގެ ހިދުމަތަށް އިންވެސްޓް ކުރާނީ ސަރުކާރުން ކަމަށާއި އެ ހިދުމަތުން އެމްޓީސީސީއަށް ގެއްލުމެއް ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
އެ ހިދުމަތް ފުރަތަމަ ފަށަން ނިންމީ އަންނަ ޖުލައި މަހުގެ ކުރީކޮޅެވެ. ނަމަވެސް އެ ހިދުމަތް މިހާރު ފެށޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.
"މިއީ 100 ޕަސެންޓް ސަރުކާރުން ފަންޑްކޮށްގެން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. މީގެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ އިންވެސްޓް ކޮށްދޭން ސަރުކާރުން އަޅުގަނޑުމެންނާ އެގްރިމެންޓް މި އޮތީ. މީގެ ވަރަށް ބޮޑު ފީސިބިލިޓީ ސްޓަޑީއެއް ހަދާފަ އަޅުގަނޑުމެން މިއާ ހަވާލުވީ. މި ޕްރޮޖެކްޓުގެ ސަބަބުން އެމްޓީސީސީއަށް ލޮސްއެއް ނުވާނެ," ސައުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ޓެކްސީ ލައިނަށް ބޭނުންވާ އިލެކްޓްރިކް ވެހިކަލްތައް އުފައްދާނެ ކުންފުންޏެއް ހޯދައި, އެ ކުންފުންޏާއެކު ކޮންޓްރެކްޓްގައި ހަދައި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެމްޓީސީސީއަށް ފައިދާވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ޕްރޮޑަކްޓްގެ ޑިސްޓްރިބިއުޓާޝިޕް އެމްޓީސީސީއަށް ދޭ ގޮތަށް އެއްބަސްވެގެން ޕާޓީ (އީވީ ވެހިކަލް އުފައްދާ ކުންފުނި) ސިލެކްޓް ކުރީ. މާނައަކީ އީވީ ކާރު ރާއްޖޭގައި އާންމުވާ ކަމަށްވާނަމަ, އާންމު ރައްޔިތުން ޓެކްސީ ލައިންގެ ފްލީޓުގައި މި ބޭނުންކުރާ ކާރު އަމިއްލަ ގޮތުން ގަންނަން ބޭނުންވާ ނަމަ އެމްޓީސީސީގެ ޓްރޭޑިންގެ ތެރެއިން ލިބޭނެ ގޮތަށް މަގުފަހި މި ކުރަނީ. ޔަންމާ އަދި ސުޒުކީ އިންޖީނު ވިއްކާ ގޮތަށް," ސައުދީ ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ