ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ފައިސާގެ ބޮޑުބައެއް ބޭނުން ނުކޮށް ކައުންސިލްތަކުގެ އެކައުންޓުގައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ޕީއެންސީން އިއްޔެ މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ދޭކަމަށާއި އެގޮތުން މިދިޔަ އަހަރު 2.4 ބިލިއަން ރުފިޔާ ދޭން ކަނޑައެޅި ކަމަށެވެ.
ނާޒިމް ވިދާޅުވީ އެވާހަކަތައް ދައްކަވަނީ ރައްޔިތުންނަށް އެއްޗެއް ލިބޭތީ ކަންބޮޑުވެވަޑައިގަންނަވާތީ ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާގެ ތެރެއިން ކައުންސިލްތަކަށް ހަރަދު ނުކުރެވި 1.7 ބިލިއަން ރުފިޔާއާއި 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އަދި އެ ފައިސާތަކަކީ އެއްވެސް ބޭނުމެއް ނުކުރެވި ހުންނަ ފައިސާތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ޖެހޭ އެއް ސަބަބުގެ ގޮތުގައިވެސް ނާޒިމް ފާހަގަކުރެއްވި އެވެ.
"މި ފައިސާއަކީ ރައްޔިތުންނަށްޓަކައި މަސައްކަތް ނުކުރާ ފައިސާ. ސަބަބަކީ މި ފައިސާގެ އެކްސެސްއެއް މިހާރު ސަރުކާރަކަށްވެސް ނެތް އަދި އެ ކައުންސިލްތަކަކަށްވެސް މި ފައިސާ ހަރަދުކުރެވޭނެ ގޮތްތަކެއް ނެތް." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވިއިރު، ބައެއް ކައުންސިލްތަކުން ބޭކާރު ޚަރަދުތައް ކުރާ މައްސަލައިގެ ކަންބޮޑުވުން ބައެއް މުއައްސަސާތަކުން ވަނީ ފާހަގަކޮށްފައެވެ. ވަކީން ޚާއްސަކޮށް ތަޖުރިބާ ދަތުރުތަކުގެ ނަމުގައި، ބެންކޮކަށާއި އެނޫންވެސް ބައެއް ގައުމުތަކަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދުކޮށްގެން ގޮސްފައިވާ މައްސަލަ ފެންމަތިވެ އެފަދަ ބައެއް މައްސަލަތައް އަންނަނީ ބަލަމުންނެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު