އެއާ އިންޑިއާގެ ބޯޓެއް އަހްމަދާބާދުގެ އެއާޕޯޓުން ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި މެޑިކަލް ކޮލެޖެއްގެ ހޮސްޓެލްއަކަށް ވެއްޓުމުގެ ހާދިސާގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް ޔޫއޭއީގައި ދިރިއުޅޭ އިންޑިއާ ވިޔަފާރިވެރިޔަކު 6 ކްރޯޑު ރުޕީސް ހަދިޔާކުރަން ނިންމައިފިއެވެ. މި ހަދިޔާ ދެނީ ޑރ. ޝަމްޝީރު ވަޔަލިލް އެވެ.
މަރުވި ދަރިވަރުންނަކީ މަނަވް، އާރިޔަން، ރާކޭޝް އަދި ޖައިޕްރަކާޝް އެވެ. މި ދަރިވަރުންނަކީ މެޑިކަލް ދަރިވަރުންނެވެ. ޑރ. ޝަމްޝީރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދަރިވަރުންނަކީ މުސްތަގުބަލުގެ ފުރަތަމަ ސަފުގެ ބަތަލުން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މެޑިކަލް ހޮސްޓެލްތަކުގައި ދިރިއުޅެފައިވާތީ މި ހާދިސާ ވަރަށް ބޮޑަށް އިހުސާސްކުރެވުނު ކަމަށެވެ.
އެއާ އިންޑިއާގެ ބޯޓު ވެެއްޓުނު ހާދިސާގައި މަރުވި މީހުންގެ ޖުމުލަ އަދަދު 270އަށް އަރާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އެއީ ފްލައިޓުގައި ދަތުރު ކުރި 241 މީހުނާއެކުއެވެ.
ޑރ. ޝަމްޝީރުގެ މި ހަދިޔާއަކީ މަރުވި ދަރިވަރުންގެ އާއިލާތަކަށް ލިބޭނެ ބޮޑު އެހީތެރިކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ޑރ. ޝަމްޝީރުއަކީ ލޫލޫ ގްރޫޕް އިންޓަނޭޝަނަލްގެ ވެރިޔާ އެމްއޭ ޔޫސުފް އަލީގެ ދަނބިދަރިއެވެ.
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ