ހުއްދަ ނުދޭ ފްލައިޓެއް ދުއްވައިގެން އެއާ އިންޑިއާ ޖޫރިމަނާކޮށްފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނުން އެއާ އިންޑިއާ ޖޫރިމަނާކޮށްފައިވަނީ އެ އެއާލައިނުން އެއާވާދިނަސް ހުއްދަ ނުނަގައި ފްލައިޓެއް އޮޕަރޭޓު ކުރި މައްސަލައެއް ފެންމަތިވުމުންނެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނުން ވަނީ އެއާ އިންޑިއާ 110،350 އެމެރިކާ ޑޮލަރަށް ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ކުރިއަށްއޮތް ދިހަ ދުވަހުގެ ތެރޭ ދައްކައި ހަލާސްކުރުމަށް ވަނީ އަންގައިފައެވެ.

އެއާ އިންޑިއާއިން ވަނީ އެ އެއާލައިންގެ އެއާބަސް މަރުކާގެ ފްލައިޓެއް އެއާވާދިނަސް ހުއްދަ ނުނަގައި އަށް ދަތުރެއްގައި ބޭނުންކޮށްފައެވެ. އެގޮތުން ދިއްލީއާއި ބެންގަލޫރުގެ އިތުރުން މުމްބާއީއާއި ހައިދްރަ އާބާދަށް އެ ފްލައިޓު ބޭނުންކޮށްގެން ދަތުރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 އަދި 25 ވަނަ ދުވަހު އެ ދަތުރުތައް ކޮށްފައިވާ ކަމަށް ބުނެފައެވެ. އެ މައްސަލައިގައި އެއާ އިންޑިއާއިން އެތެރޭގެ ތަހުގީގެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެއާވާދިނަސް އަކީ ފްލައިޓުތަކުގެ ސަލާމަތާއި އޭގެ ހާއްސަ ޓެސްޓުތަކެއް ކުރުމަށްފަހު ފަސެންޖަރުން އުފުލުމަށް ރައްކާތެރިކަމަށް ކަނޑައަޅާ މިންގަނޑުތަކެއް އެކުލެވޭ ހާއްސަ ހުއްދައެކެވެ.