އެއާ އިންޑިއާއިން ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެެ.
އިންޑިއާގެ މައި އެއާލައިން އެއާ އިންޑިއާއިން ވަނީ އެ އެއާލައިނުން ކުރަމުން އަންނަ ބައިނަލްއަގުވާމީ ހުރިހާ ފްލައިޓުތަކެއްގެ ދަތުރުތައް އަންނަ ޖުލައިގެ ނިޔަލަށް ހުއްޓާލުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ އެތެރޭގެ ދަތުރުތަކުގެ ތެރެއިން 100 މަންޒިލަކަށް ކުރާ ދަތުރުތައްވެސް ޖުލައިގެ ނިޔަލަށް ހުއްޓާލަން އެއެއާލައިން އިން ނިންމާފައިވެއެވެ.
އެއާއިންޑިއާގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމްބެލް ވިލްސަން އެއާލައިންގެ މުވައްޒަފުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއާލައިންއަށް މިއީ ދަތި ދަނޑިވަޅެއް ކަމަށާއި ތެލުގެ އަގު އުފުލުމާއި ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުތައް ކުރުމުގައި ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށެވެ.
ދުވާލަކު 1،100 ފްލައިޓު އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެއާ އިންޑިއާއިން މިއަހަރު ނިމޭއިރު 2.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި