އައިކޯނިކް އިވެންޓްސް އިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ކައިޓްބޯޑިންގެ އެންމެ ބޮޑު އެއް ހަރަކާތް، ރާރާ ޕްރޯ 2025 ގައި ހަސަން މާހިރު (ހަންޓޭ) ބައިވެރިވާނެ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ރާރާ ޕްރޯ ރަސްމީކޮށް އިއުލާން ކުރީ މިމަހު ކުރީކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ކުރިން ހަރަކާތުގެ ރަސްމީ ލޯގޯ ވެސް ދައްކާލިއެވެ. ލޯގޯ ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހީމެވެ.
ރާރާ ޕްރޯއަކީ ކައިޓްބޯޑިންގެ ތަފާތު ހަރަކާތެކެވެ. ޖުލައި 10 އިން 12 އަށް ކ. ދިއްފުށީގައި ކުރިއަށްގެންދަން ރާވާފައިވާ އެ ހަރަކާތުގައި ކައިޓްބޯޑިން މުބާރާތެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އެ ހަރަކާތުގެ ފަނޑިޔާރުކަން ކުރަން ނިންމާފައިވަނީ ރަސްމީ ސެއިލިން ގަވާއިދުތަކަށް ބަލައިގެންނެވެ.
ރާރާ ޕްރޯގައި ބައިވެރިވާ އެތުލީޓުން އިއުލާނުކުރަން ފަށާފައިވާ އިރު، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އެތުލީޓް ހަންޓޭ ވާދަކުރާނެކަން މިއަދު ވަނީ ޔަގީންވެފައެވެ. ހަންޓޭއަކީ ރެޑް ބުލް ވިންޑް ރައިޑާގެ ތިންފަހަރު ޗެމްޕިއަނެކެވެ.
ޅަ އުމުރުން ފެށިގެންވެސް އެތައް ބަޔަކު އާޝޯހު ކުރުވަމުންދާ ހަންޓޭ ވަނީ މީގެ ކުރިން ސްރީ ލަންކާގައި އޮތް މުބާރާތްތަކުގައިވެސް ވާދަކޮށް، ރަން ވަނަ ގެނެސްދީފައެވެ. ބ. ގޮއިދުއަށް އުފަން ހަންޓޭ މިހާރު އެހެން ބައެއް ދާއިރާތަކުންވެސް ވިދަމުންދާ އިރު، އޭނާއަކީ މިވަގުތުވެސް ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކައިޓް ސާފަރެވެ.
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ