އިޒްރޭލަށް ޖާސޫސު ކޮށްދިން ކަމަށް ސާބިތުވި މީހަކަށް އީރާނުން މަރުގެ އަދަބު ދީފި އެވެ.
އީރާނުގެ ޖުޑީޝަރީގެ ހަބަރުތައް ގެނެސްދޭ މިޒާން އޮންލައިންގައި ބުނެފައިވާ ގޮތުން އިސްމާއިލް ފިކްރީ ނަމަކަށް ކިޔާ އެ މީހާއަށް ދަންޖައްސައިގެން މަރުގެ އަދަބު ދީފައިވަނީ އީރާނުގެ ދުޝްމަނުންނަށް ސިއްރު މައުލޫމާތުތަކެއް ދިންކަމުގެ ކުށުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިކްރީ ދިޔައީ އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ، މޮސާޑްގެ ދެ އޮފިސަރަކާއެކު މަސައްކަތް ކުރަމުންނެވެ. އޭނާ ހައްޔަރުކޮށް ދައުވާ ކުރީ ޑިސެމްބަރު 2023ގަ އެވެ.
މިޒާން އޮންލައިންގައި ބުނެފައިވާ ގޮތުން ފިކްރީއަށް މަރުގެ އަދަބު ދިނުމަކީ އިޒްރޭލުގެ ޖާސޫސީ ނެޓްވޯކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެކެވެ.
މުހައްމަދު ސިމާއު
އިރާން
އިރާން
އިރާން
އިރާން