ކުރިއަށްއޮތް ފަސް އަހަރަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްޓްރެކްޓީޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ސްޓްރެކްޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

15 ޖޫން 2025، އެޗްޑީސީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުން -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީގެ ފަސް އަހަރުގެ ސްޓްރެކްޓީޖިކް ޕްލޭންގައި އެކި ދާއިރާތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ހިމަނައިފައެވެ. އެގޮތުން ތަރައްގީ އާއި އިގުތިސާދާއި އޮޕަރޭޝަންތައް ވަރުގަދަކުރުމާއި ކުންފުނީގެ ހިންގުން އަދި މުވައްޒަފުންގެ ތަމްރީނަށް ވަނީ ކަންކަން ރާވައިފައެވެ.

އެއިން ކޮންމެ ދާއިރާއެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށް ބަހާލައިގެންނެވެ. އެއީ ހުރިހާ އަހަރެއްގައި ވެސް އެ ދާއިރާތަކުގެ ވަކި މަސައްކަތްތައް ހިމެނޭ ގޮތަށެވެ.

އެޗްޑީސީގެ ސްޓްރެކްޓީޖިކް ޕްލޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަފަޔާއެކު އެކުލަވާލާފައިވާ ޕްލޭނެކެވެ.