ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށާނެ އެވެ.

ޓެކާސް ދިރާގު ރިޒޯޓް ކަޕަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީން އިންތިޒާމު ކޮށްގެން ރާއްޖޭގެ ރިޒޯޓްތަކަށް ހާއްސަކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެ މުބާރާތުގެ މާލެ ޒޯންގެ މެޗުތައް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރިޒޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ:

ގްރޫޕް އޭ

  • ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް
  • އެސްއޯ/ މޯލްޑިވްސް
  • ސަން ސިޔާމް އޮޅުވެލީ
  • ވެލައްސަރު މޯލްޑިވްސް
  • އެނބޫދޫ ވިލެޖް

ގްރޫޕް ބީ

  • ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް
  • އޮޒެން ލައިފް މާދޫ
  • ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް

ދިރާގަކީ ރާއްޖޭގައި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.