ރާއްޖޭގައި ފެށިގެން ކުރިއަށްދާ ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމުން ތިންވަނަ ޔަގީންކޮށް، ލޯ މެޑަލް ހޯދައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ފަށާފައިވާ އިރު، މުބާރާތްކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
ލީގު ބުރުގެ ކުޅުން އިއްޔެ ނިމިފައިވާ އިރު، އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދިޔައީވެސް އިންޑިއާ އަދި ސްރީ ލަންކާއެވެ.
މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ވާދަކޮށްފައިވާ އިރު، ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމުވެސް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
އަންހެން ޓީމުން ލީގު ބުރުގައިވެސް ބަންގްލަދޭޝް ކައިރިން ބޮޑު މޮޅެއް ހޯދާފައި އޮވެގެން މިއަދުގެ ތިންވަނަ ހޮވާ މެޗަށް ނުކުމެފައިވާ އިރު، މިއަދުގެ މެޗުންވެސް ކުރި ހޯދީ، ތަފާތު ބޮޑު، 86-22 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރާއްޖެ ތަފާތު މޮޅަށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ކުއާޓާގައި ބަންގްލަދޭޝްއަށް ޕޮއިންޓެއް ހެދިޔަ ނުދީ ރާއްޖެއިން 23 ޕޮއިންޓް ހޯދިއެވެ.
ދެވަަނަ ކުއާޓާގައި ރާއްޖެއިން 15 ޕޮއިންޓް ހޯދި އިރު، ބަންގްލަދޭޝްއަށް ނެގުނީ އެންމެ ޕޮއިންޓެކެވެ. ތިންވަނަ ކުއާޓާއާއި ހަތަރުވަނަ ކުއާޓާގައިވެސް ރާއްޖެ މާ ބޮޑަށްވެސް މޮޅުކޮށް ފެނުނު އިރު ތިންވަނަ ކުއާޓާގައި ރާއްޖެއިން 18 ޕޮއިންޓް ހެދިއެވެ. ބަންގްލަދޭޝްއަށް އެ ކުއާޓާގައި އަށް ޕޮއިންޓް ހޯދުނު އިރު، ފަހު ކުއާޓާގައި އެޓީމުން 13 ޕޮއިންޓް ހޯދިއެވެ.
ރާއްޖެއިން ފަހު ކުއާޓާގައި 30 ޕޮއިންޓް ހޯދި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ރާއްޖޭގެ ލައިރާ އަހުމަދު ފިރާޝްއެވެ.
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް