ރާއްޖޭގައި ފެށިގެން ކުރިއަށްދާ ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގެ ލީގު ބުރުގައި ކުޅުނު މެޗުތަކާއެކު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށްވެސް ފައިނަލުން ފުރުސަތު ގެއްލި، ރޭންކިން މެޗުގައި ވާދަކުރަން ޖެހިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ފަށާފައިވާ އިރު، މުބާރާތްކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
ލީގު ބުރުގެ ކުޅުން އިއްޔެ ނިމިފައިވާ އިރު، އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދިޔައީވެސް އިންޑިއާ އަދި ސްރީ ލަންކާއެވެ.
މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ވާދަކޮށްފައިވާ އިރު، ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމުވެސް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ވަރުގަދަ އިންޑިއާ ކައިރިން 136-21 އިން ބަލިވި އިރު، މެޗުގެ ހަތަރު ކުއާޓާގައިވެސް އިންޑިއާއިން ދިޔައީ ޑޮމިނޭޓް ކުރަމުންނެވެ. ކޮންމެ ކުއާޓާއެއްގައިވެސް އިންޑިއާއިން 30 ޕޮއިންޓަށްވުރެ މަތިން ހޯދާފައިވާ އިރު، އެ މެޗުގައި އިންޑިއާއަށް އެންމެ މޮޅަށް ކުޅުނީ ދިނާލް ހާދިކްބާއީއެވެ.
ފިރިހެން ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުން ރާއްޖެ ބަލިވީ 64-55 ޕޮއިންޓުންނެވެ.
ފުރަތަމަ ކުއާޓާ ނިންމާލީ ބަންގްލަދޭޝްއިން 12-18 ގެ ސްކޯއަކުން ކުރީގައި އޮވެގެންނެވެ. ދެވަނަ ސެޓުގައި ރާއްޖެއިން ކުޅުނު ރަނގަޅުކޮށް، އެސެޓުގައި 12 ޕޮއިންޓް ހޯދިއެވެ. ބަންގްލަދޭޝްއަށް އެ ސެޓުގައި ހޯދުނީ އެންމެ 10 ޕޮއިންޓެވެ.
އެ ނަތީޖާއާއެކު ރާއްޖެއިން އުންމީދު ހޯދި ނަމަވެސް، ތިންވަނަ ކުއާޓާގައި ބަންގްލަދޭޝް އަނެއްކާވެސް ލީޑު ފުޅާކޮށް، ހަތަރު ވަނަ ކުއާޓާގައިވެސް ލީޑާއެކު ނިންމާލިއެވެ.
ފިރިހެން ޓީމުން ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މެންދުރު ފަހު 2:30 ގައެވެ. އަންހެން ޓީމުގެ މެޗު 12:00 އިން ފެށިގެން ކުރިއަށް އެބަދެއެވެ.
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް