ހައްޖު ފްލޫ ކްލިނިކަށް ދެއްކީ ޖުމުލަ 26 މީހުން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނަށް ހާއްސަ ކޮށްގެން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ހައްވާ އަފީފާ "ވަން" އަށް މިއަދު ވިދާޅުވީ ހައްޖު ކްލިނިކަށް މިއަދުގެ 10:00 އާ ހަމަޔަށް ދެއްކި 26 މީހުންގެ ތެރެއިން އެޑްމިޓް ކުރީ ދެ މީހަކު ކަމަށެވެ.
ނަމަވެސް އެއީ ވެސް ރޯގާގެ އަލާމާތްތައް ހުރުމުން ކަމަށާއި އެޑްމިޓްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ވޯޑެއްގައި ކަމަށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނަ އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
ފްލޫ ކުލިނިކަށް ދައްކާ މީހުން ފުރަތަމަ ދާން ޖެހޭނީ އީއާރް ޓްރިއޭޖް ކައުންޓަރަށެވެ. ބަލި މީހުން ބަލާނީ ކޮޓަރި ނަންބަރު 10 (ކުރީގެ ޖީއޯޕީޑީ) ސަރަހައްދުންނެވެ. ހައްޖުން އައުމަށްފަހު ހުން އައުން ނުވަތަ ރޯގާގެ އަލާމަތެއް ހުރިކަން ފާހަގަ ކުރެވޭ ނަމަ ކްލިނިކަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ފާތިމަތު ލިއުޝާ
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު