އީރާނުން ރޭ އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކުގައި އަށް މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާތަކަށްފަހު ދެ ގައުމުގެ ދެމެދު ވަނީ ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ. އެގޮތުން ދެ ގައުމުންވެސް ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ.
އީރާނުން ރޭ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފިލްޑަށް އިޒްރޭލުން ހަމަލާ ދީފައި ވަނިކޮށެވެ.
އޭއެފްޕީގައި ބުނެފައިވާ ގޮތުން އީރާނުން ރޭ ދިން ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.
ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ. އެ މީހުންނަށް ފަރުވާ ދެމުންދަނީ ހަތަރު ހޮސްޕިޓަލެއްގަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
މުހައްމަދު ސިމާއު
އިރާން
އިރާން
އިރާން
އިރާން