މެޓާގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމުން ޔޫޒަރުންނަށް އެމީހުންގެ ޕޯސްޓްތައް އަލުން ތަރުތީބު ކުރެވޭނެ ގޮތަށް ބަދަލުގެންނާނެކަން އިއުލާނުކޮށްފިއެވެ. މިއީ ގިނަ ބަޔަކު އެދެމުން އައި ކަމެކެވެ.
މެޓާގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ފީޗާ ތައާރަފުކުރަނީ ބޭނުންކުރާ މީހުނަށް އެމީހުންގެ ޕްރޮފައިލްގެ ފެނުން ބަދަލު ކުރެވޭނެ ގޮތް ހެދުމަށެވެ.
"އަހަރެމެން އުއްމީދުކުރަނީ ކޮންޓެންޓް ދައްކާ ގޮތާއި ތަން ބަދަލުކުރުމުގެ މިނިވަންކަން ލިބުމުން އިތުރު ޕްރެޝަރެއް ނެތި ކްރިއޭޓިވްކޮށް ހިއްސާކުރެވޭނެ ކަމަށް." މެޓާއިން ބުނެފައިވެއެވެ.
މީގެ އިތުރުން އިންސްޓަގްރާމުން ވަނީ އެހެން ފީޗާތަކެއް ވެސް ޓެސްޓްކުރަމުން އަންނަ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި:
- ފޮލޯވަރުންނަށް ނޭނގި ޕޯސްޓް ކުރެވޭނެ ގޮތް ހެދުން
- ސްޕޮޓިފައިން ލަވަ ސްޓްރީމް ކުރެވޭނެ ގޮތް ހެދުން
އިންސްޓަގްރާމުން ބުނެފައިވާ ގޮތުގައި މި ހުރިހާ ފީޗާތަކެއް ތައާރަފު ކުރަނީ މީހުންގެ ރިއެކްޝަންތަކާއި އެހެނިހެން ބިރުތަކުގެ ސަބަބުން ކުރިމަތިވާ ކްރިއޭޓިވް ސްޓްރެސް ކުޑަކުރުމަށް ކަމަށެވެ. މި ފީޗާތަކުން ކްރިއޭޓަރުންނާއި ޔޫޒަރުންނަށް އެމީހުންގެ އިހުސާސްތައް ރަނގަޅަށް ފާޅުކޮށް، ވަރުގަދަ އޯޑިއަންސެއް ބިނާކުރެވޭނެ ކަމަށް ވެސް އިންސްޓަގްރާމުން ބުނެފައިވެއެވެ.
މި ފީޗާތައް މިހާރު ޓެސްޓްކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ތައާރަފުކުރެވޭނެ ކަމަށް ވެސް އިންސްޓަގްރާމުން ބުނެފައިވެއެވެ.
އިންސްޓަގްރާމް
އިންސްޓަގްރާމް
އިންސްޓަގްރާމް
އިންސްޓަގްރާމް