ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅު ފުއްދުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ ހަފުތާއެއްގެ ބަންދުގައި އެކި ރަށްރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފުތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން ކަމަށާއި ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒު ހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ސަރުކާރުން "ފަސް މިލިއަން ގަސް" ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. އެ ޕްރޮގްރާމްގެ ދަށުން މިއަހަރު ދެ މިލިއަން ގަސް އިންދުމަކީ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ