މި އަހަރު ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދަތުރުކުރި ހައްޖުވެރިން އެނބުރި އަންނަން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެ އިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔައިރު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ރާއްޖެ އައިސްފައިވަނީ މެންދުރު 2:00 ގައެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުން، ހައްޖުވެރިން އެނބުރި އަންނާނީ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފްލައިޓް މިއަދު އައި އިރު، ދެވަނަ ފްލައިޓް އަންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން މި މަހުގެ 16 ވަނަ ދުވަހު އަދި ފަހު ފްލައިޓުގެ ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭ އިން ވަނީ ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު މީހުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ހައްޖުވެރިން ރާއްޖެ އަންނަން ވާއިރަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތް ކުރަން ދެ ހޮސްޕިޓަލުން ވެސް ވަނީ އެދިފަ އެވެ.
މުހައްމަދު ސިމާއު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު