ރާއްޖޭގައި އިއްޔެ ފެށި ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ބަންގްލަދޭޝް ބަލިކުރި އިރު، ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސްރީ ލަންކާ ކައިރިން ބަލިވެއްޖެއެވެ.
އިއްޔެ މުބާރާތް ރާއްޖޭގައި ފަށާފައިވާ އިރު، މުބާރާތް ސޯޝަލް ސެންޓަރު އެެތެރޭ ކޯޓުގައި ކުރިއަށްދާނީ މިމަހު 16 ވަނަ ދުވަހާ ހަމައަށެވެ.
މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ދަނީ ވާދަކުރަމުންނެވެ. އެއީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ. މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މުބާރާތް ފަށަން އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން މޮޅުވީ 104-17 ގެ ނަތީޖާއަކުންނެވެ. މެޗު ރާއްޖެއިން ވަރުގަދަކޮށް ފަށައި، ފުރަތަމަ ކުއާޓާ ނިންމާލީ 38-4 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ކުއާޓާގައި ބަންގްލަދޭޝްއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރި ނަމަވެސް، ތިންވަނަ ކުއާޓާގައި ރާއްޖެއިން އަނެއްކާވެސް ތަފާތު ބޮޑުކުރިއެވެ. އަދި ހަތަރުވަނަ ކުއާޓާވެސް ކުރީގައި އޮވެ، ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރިއވެެ.
މެޗުގައި ރާއްޖޭގެ މަރިޔމް ކައިލީން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފިރިހެން ޓީމު ރޭ ލަންކާ ކައިރިން ބަލިވީ 116-28 އިންނެވެ.
ފުރަތަމަ ކުއާޓާއިން ފެށިގެންވެސް ލަންކާއިން ރަނގަޅަށް ބޯޅަ ސްޓީލްކޮށް، ރަނގަޅު އެޓޭކްތަކެއް ކޮށްފައިވާ އިރު، ލަންކާގެ ޖެރަލްޑް އާރޮން މެޗުގައި މޮޅަށް ކުޅުނެވެ.
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް