އިޒްރޭލުން ރޭ ދަންވަރު އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގޭރީ މަރާލައިފި އެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތައް އެ ގައުމުގެ ވެރިރަށް ތެހެރާން އަދި ޔުރޭނިއަމް ފައްކާ ކުރާ މައި މަރުކަޒު ހުންނަ ނަތަންޒްއަށާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ދިރާސާކުރާ ސެންޓަރަށް ވަނީ އަމާޒުކޮށްފަ އެވެ.
އެ ހަމަލާތަކުގައި ބަގޭރީ މަރުވިކަން އީރާނުގެ ބައެއް މީޑިއާތަކުން ކުރިން ދޮގުކުރި ނަމަވެސް އެ ގައުމުގެ ދައުލަތުގެ ޓީވީން މިހާރު ވަނީ އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އޭގެ އިތުރުން އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ކުރީގެ ވެރިިޔާ އަދި ނިއުކްލިއާ ސައިންޓިސްޓް ފެރޭދޫން އައްބާސް އާއި އިސްލާމިކް އަޒަދް ޔުނިވާސިޓީގެ ވެރިޔާ އަދި ނިއުކްލިއާ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހްރާންޗީ މަރުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެ އެވެ.
އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީ ވެސް މަރާލާފައިވާއިރު، 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މުހައްމަދު ސިމާއު
އިރާން
އިރާން
އިރާން
އިރާން