ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ "ކްރިޝް" ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމުގައި ލީޑު ރޯލެއް ކުޅުމާ ގުޅޭގޮތުން ޕޮޕް ސްޓާ ޖެކްސަން ވަންގ ވާހަކަދައްކައިފިއެވެ.
ޕިންކްވިލާއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޖެކްސަން ވަނީ އޭނާއަކީ އާ ކްރިޝްކަމަށް ބުނެފައެވެ. ޖެކްސަން މިވާހަކަ ދެއްކީ މަޖަލަކަށް ހަދައިފައެވެ. މި ފިލްމަށް މިޔުޒިކް ކޮމްޕޯޒްކުރަން ޝައުގުވެރިވޭތޯ ސުވާލުކުރުމުން ޖެކްސަން ވަނީ ކޮންމެ ވަގުތެއްގައި ވެސް އެކަން އެވެސް ހިލޭ ކޮށްދޭނެކަމަށް ބުނެފައެވެ. އަދި އެއީ ލިބޭ ޝަރަފެއް ކަމަށްވެސް ބުންޏެވެ.
"އަހަރެން ކްރިޝް 4 އިން ފެންނާނެ. ކަލޭމެން ހައިރާން ވާނެ. 'އެއީ ޖެކްސަންތަ؟' މިހެން ކަލޭމެން އަހާނެ. އަހަރެން ނުކުމެ ވަގުތުން މަރުވާނަން." ޖެކްސަން އިތުރަށް ބުނެފައިވެއެވެ.
ޖެކްސަން އަކީ ޗައިނާގެ މަޝްހޫރު ބޮއި ބޭންޑް ގޮޓް7 ގެ މެންބަރެކެވެ. އޭނާ ވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ސަޕޯޓަރުން ވަރަށް ގިނައެވެ.
ކްރިޝް 4 ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. މިހާރު ކާސްޓިން ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެންދާނެ ކަމަށް ކުރިން ރިޕޯޓުކުރެވިފައިވެއެވެ.

ރިތިކް ރޯޝަން
ރިތިކް ރޯޝަން
ރިތިކް ރޯޝަން
ރިތިކް ރޯޝަން