ރިތިކް ރޯޝަން އަދި ކަޕިލް ޝަރްމާގެ އިސްތަށިގަނޑާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބޮލީވުޑުގެ މަޝްހޫރު ހެއާ ސްޓައިލިސްޓް އާލިމް ހަކީމް ރައްދު ދީފިއެވެ. މިއީ މި ދެ ތަރީން ހެއާ ޕެޗް ނުވަތަ ވިގް އަޅާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކެކެވެ.

އާލިމް ހަކީމް ބުނެފައިވަނީ ރިތިކް އަދި ކަޕިލްގެ އިސްތަށިގަނޑަކީ އަސްލު އިސްތަށިގަނޑު ކަމަށެވެ. އެމީހުންގެ އިސްތަށިގަނޑު ކޮށަނީވެސް އޭނާ ކަމަށް އާލިމް ވަނީ ބުނެފައެވެ. ރިތިކްގެ "ވޯރ" ފިލްމުގެ ޗޮޕާ ސީނުގައި ފެނުނު އިސްތަށިގަނޑަކީވެސް އަސްލު އިސްތަށިގަނޑު ކަމަށް އާލިމް ބުނެފައިވެއެވެ.

މީގެ އިތުރަށް އާލިމް ބުނެފައިވަނީ އޭނާގެ އަމިއްލަ އިސްތަށިގަނޑަކީ އަސްލު އިސްތަށިގަނޑެއް ނޫން ކަމަށެވެ. އަދި ބުނެފައިވަނީ ގިނަ ބަޔަކު އެކްޓަރުންގެ ވިގްތައް ރީތި ކަމަށް ބުނެ މެސެޖު ފޮނުވާ ކަމަށެވެ.

ރިތިކް މިހާރު މަސައްކަތްކުރަމުން އަންނަނީ ފިލްމު "ވޯރ 2" ގައެވެ. މި ފިލްމުގައި ޖޫނިއަރ އެންޓީއާރު އަދި ކިއާރާ އަދްވާނީވެސް ފެނިގެންދާނެ އެވެ. ކަޕިލް ޝަރްމާގެ ކޮމެޑީ ޝޯގެ ތިންވަނަ ސީޒަން މި ހަފުތާގައި ފެށޭނެއެވެ. މި ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ސަލްމާން ޚާން ފެނިގެންދާނެއެވެ.