ރިތިކް ރޯޝަން، އެން.ޓީ.އާރު، އަދި ކިއާރާ އަދުވާނީ ލީޑްކޮށްފައިވާ ފިލްމު "ވޯރ 2"، އެޑްވާންސް ބުކިންގްސް އަށް ހުޅުވާލައިފިއެވެ. އެޑްވާންސް ބުކިންއަށް ހުޅުވާލީ އިއްޔެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ވައިއާރުއެފް ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމު، ވޯރ 2 ގައި ރިތިކް އޭޖެންޓް ކަބީރުގެ ރޯލުން ފެންނައިރު، އެން.ޓީ.އާރު ޖޫނިއަރ އޭޖެންޓް ވިކްރަމްގެ ރޯލުން ފެނިގެންދާނެއެވެ.
ޕިންކްވިލާ އިން ބުނާ ގޮތުގައި، "ވޯރ 2" ގެ ހިންދީ ވާރޝަން އިންޑިއާގައި 5000 އަށްވުރެ ގިނަ ސްކްރީންގައި އަޅުވާނެއެވެ. އޭގެ ތެރޭގައި އައިސް، ފޯޑީއެކްސް، އައިމެކްސް އަދި ޑޮލްބީ ސިނެމާ ފަދަ ޕްރިމިއަމް ފޯމެޓްތައް ހިމެނޭނެއެވެ. ވައިއާރްއެފް އިން ގައުމީ ސިންގަލް ސްކްރީންތަކުގެ 90 އިންސައްތައަށްވުރެ ގިނަ ތަންތަނާއެކު މި ފިލްމު ދެއްކުމަށް އެއްބަސްވެފައިވާއިރު، ނޯތު އިންޑިއާ މާކެޓްގައި މި ފިލްމު ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލްމުގައި ހަ އެކްޝަން ސީކުއެންސް ހިމެނޭއިރު، ރިތިކްގެ ޖަޕާނު އެންޓްރީ ސީކުއެންސާއި، އެން.ޓީ.އާރު.ގެ ސޮމާލިއަން ޕައިރޭޓް ބްލޮކް ވަނީ ފިލްމުގެ އެންމެ ބޮޑު ދެ ހައިލައިޓްގެ ގޮތުގައި ފާހަގަކޮށްފައެވެ. މި ފިލްމު ނެރެން ހަމަޖައްސާފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ޗުއްޓީއާ ދިމާކޮށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް