ހޮލީވުޑް ފިލްމެއް ކުޅުމަށް ސުޕާ ސްޓާ ރިތިކް ރޯޝަން އޮޑިޝަން ހަދައިފި ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މީގެ ދެތިން މަހެއް ކުރިންވެސް ވަނީ ރިތިކް ހޮލީވުޑުން ފެނިގެންދާނެ ކަމުގެ އަޑުތަކެއް ފެތުރިފައެވެ. ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ރިތިކް މިހާރުވަނީ ހޮލީވުޑް އެކްޝަން ތުރިލާ ފިލްމެއްގެ ލީޑް ސްޕައިގެ ރޯލު ކުޅުމަށް އޮޑިޝަން ރެކޯޑުކޮށް ސްޓޫޑިއޯއަށް ފޮނުވައިފައެވެ. އަދި ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް އެ ރެކޯޑިން ސްޓޫޑިއޯއަށް ކަމުގޮސްފި ނަމަ ރިތިކް މިހާރު ކުޅެމުން އަންނަ ފްރެންޗައިސް ފިލްމު "ކްރިޝް" ނިންމުމަށްފަހު އޭނާ ހޮލީވުޑް ފިލްމު ކުޅުމަށް ފުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމު ކްރިޝް އަށް ހަތް އަހަރު ފުރުން ފާހަގަ ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ.

އެންމެ ފަހުން ރިތިކް ފެނިގެންގޮސްފައިވަނީ އެކްޝަން ތުރިލާ ފިލްމު "ވޯ" އިންނެވެ. ރިތިކް ވަނީ ދާދި ފަހުން މުމްބާއީ އިން 97.50 ކްރޯޑް ރުޕީސްގެ އަގު ބޮޑު ދެ ގެ ގަނެފައެވެ.