މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ.
ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީ މަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ބުންޏެވެ.
އެހެންވެ ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ، މަޖީދީ މަގު ތަރުތީބުކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފެށީ މިއަދު ކަމަށެވެ.
މުހައްމަދު ސިމާއު
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ފިހާރަތަކަށް ދާމީހުން ސައިކަލްތައް ބަހަޓާނީ ކޮންތާކު ؟ ގަވާއިދު ހަދަނީ އުދަގޫ ކުރަންތޯ ނުވަތަ ފަސޭހަކުރަންތޯ
މުހައްމަދު - 1 އަހަރު ކުރިން