އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުކުރުމަށް ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓުން އެކަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
އަހްމަަދުއާބާދުގެ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި އެ ފްލައިޓުގައި ދެ ކެޕްޓަނުންނާއި 10 ކެބިން ކުރޫ އާއެކު 242 މީހުން ތިބި އިރު، އިންޑިއާ އަދި ބޭރުގެ ބޮޑެތި ނޫސްތަކުން މީގެ ކުރިން ވަނީ އެ އެންމެންވެސް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެގޮތަށް ރިޕޯޓް ކުރީ އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެވެ.
ނަމަވެސް އޭއެންއައި އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު އެމްއެސް މާލިކު ވަނީ އެކަކު ސަލާމަތްވި ކަމަށް ވިދާޅުވެފަ އެވެ. އެ މީހާއަކީ ފްލައިޓުގެ އޭ11 ގައި އިން މީހާ ކަމަށާއި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ބައެއް މީޑިއާތަކުން ވަނީ ސަލާމަތްވި ކަމަށް ބުނާ މީހާ ކޮރު ޖަހަމުން އެމްބިއުލާންސަށް އަރަންދާތަން ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. އެ ވަގުތު އޭނާ ދިޔައީ އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަވެސް ދައްކަމުންނެވެ.
މުހައްމަދު ސިމާއު
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ