ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއާ ޖެހުނު މައްސަލައިގައި ގައުމީ ޓީމުގެ ކޯޗު، މައިކަލް ޕްރޮބިއާޒް މަގާމުން އިސްތިއުފާ ދީފިއެވެ.
ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ލެވަންޑޯސްކީ އަތުން އެ ގައުމުގެ ކެޕްޓަންކަން ނަގާފައިވާ ކަމަށް ކޯޗު ޕްރޮބިއާޒް އެންގީ ހޯމަ ދުވަހު އެވެ. ލެވަންޑޯސްކީ ބުނީ އެކަން ކޯޗު އެންގީ ކުދިން ނިންދަވަން އޮއްވައި ފޯނު ކޯލަކުން ކަމަށެވެ. އެ ވާހަކަ ކޯޗު ބުނިތާ މާގިނައިރެއް ނުވެ، ހަބަރުތަކުން އެކަން ސާފުވި ކަމަށް ވެސް ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީ އަތުން ނަގައި ޕޮލެންޑްގެ ކެޕްޓަންކަން ހަވާލުކުރީ ޕިއޮޓާ ޒިއެލިންސްކީއާއެވެ.
އެކަމާ ގުޅިގެން ލެވަންޑޯސްކީ ބުނީ ކޯޗާ ދޭތެރޭ އިތުބާރު ގެއްލިއްޖެ ކަމަށާއި ހިތްދަތިވެސް ވެއްޖެ ކަމަށެވެ. އަދި ކޯޗު ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާ ކަމަށްވެސް ލެވަންޑޯސްކީ ބުންޏެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ކޯޗު ޕްރޮބިއާޒް މިއަދު ބުނީ ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތަކީ ގައުމީ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނުން ކަމަށެވެ. އަދި ޕޮލެންޑަށް ކޯޗުކަން ކޮށްދިނުމަކީ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފަހުރު ކަމަށާއި އެ ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށްވެސް ބުންޏެވެ.
ޕްރޮބިއާޒް ޕޮލެންޑްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުއެވެ. އޭނާއާއެކު ޕޮލެންޑުން 2024 ވަނަ އަހަރު ޔޫރޯއަށް ގޮސް، އެންމެ ކުރިން ކަޓައިގެން ދިޔުންވީ ބޮޑު ވެއްޓުމަކަށެވެ. ޕްރޮބިއާޒާއެކު ޕޮލެންޑުން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ ވޯލްޑް ކަޕް ކޮލިފިކޭޝަން ނިމެންދެންނެވެ.
ޕޮލެންޑް
ޕޮލެންޑް
ޕޮލެންޑް
ޕޮލެންޑް