ހަ ގައުމެއްގެ ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ރައީސް މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ، ޔުގެންޑާ އާއި، ގްރީސް އާއި، ޑެންމާކާއި، އުޒްބަކިސްތާނާއި، ޒިމްބާބްވޭ އަދި ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނެވެ.
- ޔުގެންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޖޮއީސް ކަކޫރާމަޓްސީ ކިކަފުންޑާ
- ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އަލީކީ ކޫޓްސޮމީޓޯޕޮލޫ
- ޑެންމާކު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަސްމުސް އަބިލްޑްގާޑް ކްރިސްޓެންސެން
- އުޒްބަކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަރްޑޯރް ރުސްޓަމްބައޭވް
- ޒިމްބާބްވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސްޓެލާ އެމްކޯމޯ
- ފަލަސްތީނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އީހާބް އިބްރާހީމް މުހައްމަދު ހަލީލް
އެ ބޭފުޅުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެނދުނު އެކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން އެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވައިފައި ކަމަށެވެ.
މިއަދު ފަތްކޮޅު އެރުވި ހުރިހާ ސަފީރުންނަކީވެސް "ނޮން ރެސިޑެންޓް ސަފީރުން"ނެވެ.
ރާއްޖެ އާއި ޔުގެންޑާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 30 ނޮވެމްބަރު 1993 ގައެވެ. ގްރީސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 17 ސެޕްޓެމްބަރު 1983 ގައެވެ. ޑެންމާކާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 8 ނޮވެމްބަރު 1982 ގައެވެ. އުޒްބަކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 7 ޑިސެމްބަރު 1994 ގައެވެ. ޒިމްބާބްވޭއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 7 ޖެނުއަރީ 1987 ގައެވެ. އަދި ފަލަސްތީނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 4 އޭޕްރިލް 1982 ގައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ