ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރ. އަތޮޅުގައި މިމަހު އަދި ބ. އަތޮޅުގައި އަންނަ މަހު ފެށޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓިވިއުއެއްގައި ސައުދީ ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރުމަކީ ރައީސްގެ ވިސްނުންފުޅެއް ކަމަށާއި އެ އަމާޒާ އެއްގޮތަށް އެމްޓީސީސީން މަސައްކަތްތައް ރާވަމުންދާ ކަމަށެވެ.
"މި މަސް ނިމެންވާއިރަށް އަޅުގަނޑުމެން ރ. އަތޮޅުގައި އާރުޓީއެލްގެ މަސައްކަތް ފެއްޓޭނެ. އެއާއެކު ޖުލައި މަސް ނިމެންވާއިރަށް ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށޭނެ،" އޭނާ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ އެ ދެ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައި، ފުލްފުލެޖް އޮޕަރޭޝަނަށް އަންނަ އިރު، 56 އުޅަނދު ބޭނުންވާނެ ކަމަށާއި އެ 56 އުޅަނދުގެ ތެރޭގައި ބެކަޕްގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ހިމެނޭނެ ކަމަށެވެ. އަދި އެ މަޝްރޫއަކީ ޖުމުލަ އެއް ބިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ.
"މި ދެ އަތޮޅުގައި ހިދުމަތް ފެށުމަށް އުޅަނދު ހަޔާކޮށް ނުވަތަ އޯޑަރުދީގެން ޕްރޮޑަކްޝަން އެ ދަނީ. އިންޑިއާ ސަރުކާރުގެ އެހީގައި 100 މިލިއަން ލިބިގެން، އެ 100 މިލިއަން ވެސް އާރުޓީއެލްއަށް އެލޮކޭޓްކޮށްގެން ބޭނުންވާ ވެސަލް ބަނުމަށްޓަކައި، އޯޑަރުދިނުމަށްޓަކައި ތައްޔާރުވަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ސައުދީ އިތުރަށް ވިދާޅުވީ އުޅަނދުތައް ލިބެމުން ގޮސް، މިއަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފުރިހަމަވެގެންދާނެ ކަމަށާއި އެއާއެކު މުވައްޒަފުން ހޯދައި، އެމްޓީސީސީން އިދާރީގޮތުން ވެސް ތައްޔާރުވާނެ ކަމަށެވެ.
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
ކިހާޥަރަކުން ދާނެބާ. ޢަދި ގުބޯ ހެއްދުން.
ޢަހަރެން - 1 އަހަރު ކުރިން