އަންނަ ހުކުރު ދުވަހުގެ ކުރިން ޝައިހް އިބްރާހިމް ފަރީދުގެ ހަށިގަނޑު ވަޅުލައިފި ނަމަ އެ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝައިހްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ޝައިހްގެ ހަށިގަނޑު ވަޅުލައިފި ނަމަ، ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
"ޖަނާޒާގެ ކަންކަން ދާގޮތް އިއުލާނު ކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.
ޝައިހް ފަރީދުގެ މައްޗަށް ކަށު ނަމާދުކުރަނީ މެލޭޝިއާގެ ރާޖާ ހާޖީ ފީ ސަބީލިﷲ މިސްކިތުގައި މާދަމާގެ ވަގުތެއްގައެވެ.
ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝައިހް ފަރީދު އަވަހާރަވީ އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގަ އެވެ. އޭނާ އަވަހާރަވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު އެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި