ކުއްލި ގޮތަކަށް މެލޭޝިއާގައި ރޭ އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވަން ނިންމައިފިއެވެ.

ޝައިހް ފަރީދު އަވަހާރަވީ "ހިދުމަތް ޖަމިއްޔާ"ގެ މަސައްކަތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ އިރުކޮޅެއް ފަހުން ރޭގެ ވަގުތެއްގައެވެ.

ޝެއިހް ފަރީދުގެ ހަށިގަނޑު މާލެ ގެންނަން ކުރިން ނިންމި ނަމަވެސް އެ ނިންމުން ބަދަލުކުރީ އާއިލާއާ ހަވާލާދީ، ފަރީދާ އެކު މެލޭޝިއާއަށް ދިޔަ ޓީމުގެ މެންބަރަކު ބުނި ގޮތުގައި، މެލޭޝިޔާގެ ގަވާއިދު އޮންނަ ގޮތުން އެގޮތަށް ކަންތައް ކުރާނަމަ ޕޯސްޓު މޯޓަމް ހަދަން ޖެހޭތީއެވެ.

"ރާއްޖެ ގެންނަ ކަމަށްވަންޏާ މެލޭޝިޔާގެ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހަދަންޖެހޭތީ އާއިލާއިން އެކަން ކުރަން ބޭނުން ނުވާތީ މިހާރު ޝެއިހްގެ ހަށިކޮޅު މެލޭޝިޔާގައި ވަޅުލާގޮތަށް އާއިލާއިން ވަނީ ނިންމާފަ،" ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެ މެންބަރު ބުނެފައިވެއެވެ.

ޝެއިހް ފަރީދަކީ ދީނީ ދަރުސް ދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ގިނަ އަހަރުތަކެއް ވާންދެން ދަރުސް ދެއްވުމުގައި އުޅުއްވި ބޭފުޅެކެވެ.