ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ، އެގައުމުގެ ގައުމީ ޓީމުގެ ކޯޗު މިޝޭލް ޕްރޮބިއާޒާ މައްސަލަ ދިމާވީ، ކެޕްޓަން ބޭންޑް އަތުލި ގޮތުން ކަމަށް އޭނާ ބުނެފިއެވެ.
ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ލެވަންޑޯސްކީ އަތުން އެގައުމުގެ ކެޕްޓަންކަން ނަގާފައިވާ ކަމަށް ކޯޗު ޕްރޮބިއާޒް އެންގީ ހޯމަ ދުވަހުއެވެ. ލެވަންޑޯސްކީ ބުނީ އެކަން ކޯޗު އެންގީ ކުދިން ނިންދަވަން އޮއްވާ ފޯނު ކޯލަކުން ކަމަށެވެ.
އެވާހަކަ ކޯޗު ބުނިތާ މާގިނައިރެއް ނުވެ، ހަބަރުތަކުން އެކަން ސާފުވި ކަމަށްވެސް ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީ އަތުން ނަގައި ޕޮލެންޑްގެ ކެޕްޓަންކަން ހަވާލުކުރީ ޕިއޮޓާ ޒިއެލިންސްކީއާއެވެ.
އެކަމާ ގުޅިގެން ލެވަންޑޯސްކީ ބުނީ ކޯޗާ ދޭތެރޭ އިތުބާރު ގެއްލިއްޖެ ކަމަށާއި، ހިތްދަތިވެސް ވެއްޖެ ކަމަށެވެ. އަދި ކޯޗު ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާ ކަމަށްވެސް ލެވަންޑޯސްކީ ބުންޏެވެ.
"އަހަރެން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާތާ މިވަނީ 11 އަހަރުވެފައި. ގައުމީ ޓީމަށް ކުޅޭތާ 17 އަހަރުވެސް ވެއްޖެ. އެހެންވީމަ ނިންމުންތައް ނިންމާއިރު މިއަށްވުރެ ރަނގަޅަށް ކަންތައް ކުރެވެން ޖެހޭ. ފޯނުން ގުޅާފަ އެކަހަލަ ބޮޑު ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީގެ އެ ވާހަކަތަކަށް ޖަވާބު ދެމުން ޕްރިބިއޯޒްް ނޫސްތަކަށް ބުނީ ފޯނުން ގުޅުމަކީ އާއްމުކޮށް އެކަން ކުރާ ގޮތް ކަމަށާއި، ފޯނުން ގުޅުމުން ލެވަންޑޯސްކީ ބުނީ ކެޕްޓަން ބޭންޑަކީ މާ ބޮޑަށް އޭނާ ބޭނުން އެއްޗެއް ނޫން ކަމަށެވެ.
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ