ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ދިވެހީންނަށް އެ ގައުމުން އަދާކުރި މެހުމާންދާރީއަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ޝުކުރު އަދާކުރެއްވީ، ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގް އެފް އަލްރާބިއާގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
މިނާގައި ހުންނަ ހައްޖު އެންޑް އުމްރާ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، މާތްވެގެންވާ ދެ މިސްކިތުގެ ބެލެނިވެރި ފަރާތް، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އާލް ސައުދަށް އިހްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ހައްޖުވެރިންގެ ދަތުރުފަތުރުގެ އުސޫލުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ހައްޖުވެރީންނަށް އަދާކުރި މެހެމާންދާރީ އާއި ހުރުމުގެ އިންތިޒާމްތަކަށް ތައުރީފު ކުރެއްވައި ޝުކުރި އަދާކުރައްވައިފައެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ހާއްސަ ވަފްދަކާއެކު ރައީސް މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުހައްމަދު މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގައެވެ.
މި އަހަރުވެސް ރާއްޖެއިން 1،000 މީހުން ހައްޖަށް ގޮސްފައިވެއެވެ.
ކުޅިވަރު
އިރާން
ބޮލީވުޑް
ދުނިޔެ