މަޝްހޫރު އެކްޓަރު އައްލު އަރްޖުން އަދި ޑައިރެކްޓަރު އަޓްލީގެ ފިލްމު "އޭއޭ22 އެކްސް އޭ6" ގައި ބޮލީވުޑްގެ ލީޑިން ތަރި ދީޕިކާ ޕަދުކޯން ކާސްޓްކޮށްފައިވާ ކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މިއީ އައްލު އަރްޖުންއާއެކު ދީޕިކާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ދީޕިކާ ފެނިގެންދާނީ ހަނގުރާމަވެރި ރާނީއެއްގެ ރޯލުންކަން އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ކުޑަ ޓީޒާއަކުން ފެނިގެންދެއެވެ. މިއީ ދަރިފުޅު ދުއާ ވިހެއުމަށްފަހު ދީޕިކާ ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ސައިންސް ފިކްޝަން ފިލްމެކެވެ. ބޮޑު ބަޖެޓެއްގައި ހަދާ މި ފިލްމަކީ އިންޑިއާ ސިނަމާގެ ސައިންސް ފިކްޝަން ދާއިރާގައި އާ މިންގަނޑުތަކެއް ކަނޑައަޅައިފާނެ ފިލްމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ފިލްމުގެ މުހިންމު ތަރީންގެ ތެރޭގައި ދީޕިކާ އަދި އައްލޫ އަރްޖުންގެ އިތުރުން ކްރިތީ ސާސޮން، މްރްނާލް ތާކުރް، ޖާންވީ ކަޕޫރު، އާޝީ ސިންގް އަދި ޝައްބިރް އަލުވާލިޔާ ފެނިގެންދާނެކަން ހަބަރުތައް ބުނެއެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ފެށިގައިވާކަމަށާއި، މިއަހަރު ނޮވެމްބަރުގައި ރިލީޒްކުރާނެ ކަމަށް މީގެ ކުރީން ވަނީ އިއުލާނުކޮށްފައެވެ.
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން
ދީޕިކާ ޕަދްކޯން