ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އީދު ބޮލަށް ގޮން" ގައި ބައިވެރިވެގެން ދެ ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ގިވްއަވޭގައި ބައިވެރިވުމަށް ދިރާގުގެ އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ ހާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިން ޖެހޭނީ ޓެގު ކުރަންށެވެ. ކޮމެންޓުގައި ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކުވެސް ޓެގް ކުރެވޭނެ އެވެ. އަދި ކޮންމެ ޓެގް އަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

ދިރާގުން ބުނީ، "އީދު ބޮލަށް ގޮން" ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯ މެދުވެރިކޮށް ތިން ނަސީބުވެރިއެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިނާމުތައް ހޯދުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރާ ފަރާތަކަށް ކަނޑައަޅައިފައިވާ އިނާމުތައް:

  • 1 ވަނަ އިނާމު: 2 ޑީޖޭއައި ޑްރޯން
  • 2 ވަނަ އިނާމު: 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)
  • 3 ވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް