ހައްޖުގެ އަޅުކަމުގައި ތޮއްޖެހުން މަދުކުރުމަށް ސައުދީ އަރަބިއާ އިން ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފިއެވެ.
ހައްޖާޖީން އިއްޔެ އަރަފާތު ބިމަށް ޖަމާވި އިރު، ހައްޖުގެ އަޅުކަމުގައި އުޅުމުގެ ތެރޭގައި މީހުން ބައިބޯވެ ގިނަ ހާދިސާތަކެއް ކޮންމެ އަހަރަކުވެސް ހިނގަ އެވެ. އެފަދަ ހާދިސާތައް މަދުކުރުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ތޮއްޖެހުން ކުޑަކުރުމަށް ސައުދީގެ ދަ ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ހޯލީ ސިޓީސް އިން ވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ. އެގޮތުން ހައްޖުވެރިން އެއްވާ އެކި ތަންތަނުގައި ހައި ރިސޮލިއުޝަން ސެޓަލައިޓް މަންޒަރުތައް ބޭނުންކޮށް ޖިއޯސްޕާޝިއަލް އާޓިފިޝަލް އިންޓެލިޖެންސާއި ރިއަލް ޓައިމް ޑޭޓާ މެނޭޖްމަންޓް ވަނީ ބޭނުންކޮށްފައެވެ.
އަދި ހައްޖާޖީން އުޅޭ ސަރަހައްދުތަކުގައި އޮފިޝަލުން ހަރަކާތްތެރިވި އިރު، ވެހިކަލްތައްވެސް މޮނިޓާކޮށް ބައިބޯވާނެ ސަރަހައްދު ކުރީބައިގައި ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ގިނަ މަސަތްކަތްތަކެއް ވަނީ ކޮށްފައެވެ.
ސައުދީގެ އޮފިޝަލުން ބުނީ، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޭއައިގެ އެހީގައި މި އަހަރު ގިނަ ކަންތައްތަކެއް ފަސޭހަވެ އަވަސް ވެފައިވާ ކަމަށެވެ.
މުހައްމަދު އައުޒަމް
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ