ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް ގެނުވާ ބަރަކާތްތެރި ދުވަސްތަކަކަށް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ ބޮޑު އީދަކީ، މާތްކަމާއި ނިއުމަތުގެ ދުވަސްތަކެއް ކަމަށެވެ. އެ މަނިކުފާނުގެ ދުއާއަކީ ހައްޖު މަހުގެ ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަހުމަތް، ދިވެހި ގައުމަށާއި، މުސްލިމުންނަށް އިތުރުކޮށްދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަކީ، މިއަދު އަޅުގަނޑުގެ އެންމެ އިހުލާސްތެރި އިލްތިމާސެވެ. ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ. އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް،" ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ބޮޑު އީދަކީ ދިވެހު ރައްޔިތުންނަށް އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުމަަށް ދުއާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިއުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމާއި އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުން ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު