ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ، މި އޮފާތަކާއެކު އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
މި އޮފާތައް ލިބޭ ޕެކޭޖުތަކަކީ:
- ސަޅި މަންތްލީ x2: ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- ސަޅި މަންތްލީ x3: ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މަންތްލީ 450: 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މަންތްލީ 500: 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މަންތްލީ 600: 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އިން 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
ދިރާގުން ބުނީ، މި ހުރިހާ އޮފާތަކެއް ވެސް މި މަހުގެ 10ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެ ކަމަށްވެސް ބުންޏެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ.
މުހައްމަދު ސިމާއު
ދިރާގު
ދިރާގު
ދިރާގު
ދިރާގު