ދިވެހި ހުރިހާ ހައްޖުވެރިން ހެޔޮ ހާލުގައި އަރަފާތު ބިމަށް ވާސިލުވެއްޖެ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެފިއެވެ.
އެ ކޯޕްރޭޝަނުން މިއަދު ބުނީ އެ ކުންފުނީގެ ހަވާލުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ. ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ބުންޏެވެ.
ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފެށީ މައްކާ ގަޑިން ރޭ 9 ޖެހިއިރު އެވެ.
ހައްޖު ކޯޕްރޭޝަނުން ބުނީ މިނާ އާއި އަރަފާތާ ދެމެދު 13 ކިލޯމީޓަރުގެ ދަތުރަކަށްފަހު ދިވެހި ހައްޖުވެރިންނަށް އަރަފާތު ބިމަށް ދިޔައީ ސައުދޫ ގަޑިން ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ރާއްޖޭގެ ހައްޖުވެރިންގެ ފަހު ބަސް މިނާއަށް ވާސިލުވީ ފަތިހު ސައުދީ ގަޑިން 3:15 ހާއިރު ކަމަށްވެސް ބުންޏެވެ.
"މައިގަނޑު ހުރިހާ އިންތިޒާމުތަކެއްވެސް ދިވެހިންނަށްޓަކައި ހުރީ ދިވެހިންގެ ޓެންޓުތަކުން ހަމަޖައްސައި ނިމިފައި. ހައްޖު ކޯޕްރޭޝަނާއި މުތައްވިފްގެ އޮފީހާ ގުޅިގެން ވަރަށް ރަނގަޅު އިންތިޒާމުތަކެއް އޮތީ ރާވައި ނިންމާފައި،" ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި މި އަހަރު ރާއްޖެ އިން 1،000 މީހުން ހައްޖަށް ދިޔަ އެވެ.
ފާތިމަތު ލިއުޝާ
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު