މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާ އަށް ދިޔަ 1.4 މިިލިއަނަށްވުރެ ގިނަ ހައްޖުވެރިން މިއަދު އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ހައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ބަޔަކީ އަރަފާތް ބިމުގައި ހުރިހާ ހައްޖުވެރިން މަޑުކޮށް ﷲ އަށް ދުއާ ދަންނަވައި އަޅުކަންތަކުގައި ޝާމިލުވުމެވެ.
ހައްޖުވެރިން މިއަދު އަރަފާތު ބިމަށް ޖަމާވެފައިވާއިރު ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ މިއަދުގެ ހޫނުމިން މަތިވާނެ ކަމަށް ބެލެވޭތީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަރަފާތު ބިން ހިމެނޭ ސަރަހައްދުގައި ހާހަކަށްވުރެ ގިނަ ގަސް އިންދާފައިވާއިރު އެ ސަރަހައްދުގެ ހޫނުމިން ދަށްކުރުމަށް ފިނިކުރާ ނިޒާމެއް ގާއިމުކޮށްފައެވެ. އެ ނިޒާމަކީ ދުނިޔޭގައި ގާއިމުކޮށްފައިވާ އެފަދަ އެންމެ ބޮޑު ނިޒާމެވެ.
ހޫނު ގަދަވުމުގެ ސަބަބުން މިދިޔަ އަހަރު 1300 މީހުން މަރުވި އިރު، އޭގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ހުއްދަ ނެތި ސައުދީއަށް ވަން މީހުން ކަމަށް ސައުދީގެ އޮފިޝަލުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ މިސްރާއި އިންޑޮނޭޝިއާ މީހުންވެސް ބުނެއެވެ.
މުހައްމަދު އައުޒަމް
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު