އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންފުންޔާ ހަލުވިކަމާއެކު ފެތުރޭނީ މި ބަންދު ތެރޭގައި އެ ގައުމުތަކަށް ދަތުރުކުރާއިރު ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ވަކި ގައުމެއްގެ ނަން ހާމަނުކޮށް އެޗްޕީއޭ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަވަށްޓެރި ގައުމުތަކަށްދާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ޗިކުންގުންޔާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން ލުން
  • ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރިގެ ބޭނުންކުރުންމަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުން

އެޗްޕީއޭ އިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ. އެކަމަކު، ހުރިހާ ގަޑިއެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވާން ވަނީ އެދިފަ އެވެ.