ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. އެގޮތުން މި އަހަރުގެ އެވޯޑަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ.
މި އަހަރުގެ ހޮޓެލިއާ މޯލްޑިވްސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ހަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ދޭނެ އެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ވުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
"މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގުތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރި ކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްވެސްމެ. މި ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ނިމާލް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ބީއެމްއެލް އިން ފޯރުކޮށްދެމުން އަންނައިރު، އެ ބޭންކުން ބުނީ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް އެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް