މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރް މަތިންދާބޯޓެއް ގެންނަން ތައްޔާރުވެއްޖެއެވެ.

މި ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރް މަރުކާގެ ފަސް މަތިންދާބޯޓު އޮންނާނެއެވެ.

އެކަން އިއުލާނުކުރި ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް މޯލްޑިވިއަނުން މިހާތަނަށް ނުދެއެވެ.

އޭޓީއާރް މަރުކާގެ ބޯޓެއް އެންމެ ފުރަތަމަ މޯލްޑިވިއަނުން ގެނައީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އޭޓީއާރް ތިން ބޯޓު ގެނައެވެ.

އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ މަތިންދާ ބޯޓެކެވެ. އަދި އޭޓީއާރް މަތިންދާބޯޓުތަކުގެ ތެލުގެ ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަންޖެހޭހޭ ހަރަދުވެސް ކުޑައެވެ.