ހައްޖުވެރިން އަރަފާތު ދުވަހު ބޭރަށް ނުނިކުންނަށް އެދިއްޖެއެވެ. މިގޮތަށް އެދިފައިވަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ.
ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ބުނެފައިވާ ގޮތުގައި، ހައްޖު ދުވަހު އަރަފާތު ބިމުގައި ހައްޖުވެރިން ހޭދަކުރާ ވަގުތު ވަރަށް ހޫނު ގަދަވާނެ އެވެ. އެހެން ކަމުން އެކަމަށް ހައްޖުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެއެވެ.
އަރަފާތު ދުވަހު ހެނދުނު 10:00 އިން ފެށިގެން 16:00 އާއި ދެމެދު ހައްޖުވެރިން ބޭރަށް ނުނިކުމެ ޓެންޓު ތަކުގައި ތިބުމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ހައްޖާޖީންގެ ކިބައިން އެދިފައެވެ.
އަރަފާތު ދުވަހަކީ ހައްޖުގެ އަޅުކަމުގައި ހައްޖުވެރިން އަރަފާތު ފަރުބަދަ ސަރަހައްދަށް ޖަމާވާ މުހިންމު ދުވަހެކެވެ. އެވަގުތު ހައްޖުވެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވަގުތު އެ ސަރަހައްދުގައި އެއްވެސް ފިނިކަމެއް ނުހުންނާނެ ކަމަށާއި އެ ދުވަހު ވަރަށް ހޫނު ގަދަވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ސައުދީގެ މޫސުމާ ބެހޭ އިދާރާ ތަކުގެ އޮފިޝަލުން ވަނީ އަރަފާތު ދުވަހު އެ ސަރަހައްދުގެ ފިނި ހޫނުމިން 40 ޑިގްރީއަށް އަރާނެ ކަމަށް ބުނެފައެވެ.
ހައްޖުވެރީންނަށް ހޫނުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ސައުދީ ސަރުކާރުން މި އަހަރު ވަނީ އެ ގައުމުގެ 40 އަށްވުރެ ގިނަ އިދާރާތަކުން 250،000 އޮފިޝަލުން އެހީތެރިންގެ ގޮތުގައި ނެރުމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް